ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: ޑްރައިވަރ-ކަމް- އެސިސްޓަންޓް |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 |
ރޭންކް: އެސް.އެސް 2 |
|||
މުސާރަ: 3480.00 ރުފިޔާ |
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ |
ބޭނުންވާ އަދަދު: 1 |
|||
ސްޕެޝަލް އެލަވަންސް: މުސާރައިގެ %35 |
ޑިވިޜަން: އެޑްމިނިސްޓްރޭޝަން |
||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- މިނިސްޓްރީގެ ވެހިކަލްތަށް ދުއްވުމާއި ބެލެހެއްޓުން
2- އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން
|
||||
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛ 1- މަޤާމުގެ މަސައްކަތުދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމަށް ބޭނުންވާ (ކާރު ދުއްވުމުގެ) ލައިސަންސް ހާސިލުކޮށްފައިވުން. |
||||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||||
ވަޒީފާ އަދާކުރައްވަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
||||
އިންޓަރވިއު އޮންނާނެ މުއްދަތު |
އިންޓަރވިއު އޮންނާނީ 22-26 ފެބުރުވަރީ 2015 އާއި ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ. |
||||
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: |
17 ފެބްރުވަރީ 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއޮފް ފޮރިން އެފެއާޒަށެވެ. |
||||
ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މި އިދާރާއިން ލިބެން ހުންނާނެއެވެ. 2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 3- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. 4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. 5- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު) |
||||
ސަމާލުކަމަށް |
އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓުކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް އެކަން މިނިސްޓްރީއިން އަންގާނެއެވެ. |
||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304177 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ. |