ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2015/ 01
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 17 ފެބުރުވަރީ 2015 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ްޑްރައިވަރ-ކަމް- އެސިސްޓަންޓް

އިޢުލާން

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޑްރައިވަރ-ކަމް- އެސިސްޓަންޓް

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

މުސާރަ: 3480.00 ރުފިޔާ  

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: އެޑްމިނިސްޓްރޭޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- މިނިސްޓްރީގެ ވެހިކަލްތަށް ދުއްވުމާއި ބެލެހެއްޓުން

  • މިނިސްޓްރީގެ ވެހިކަލް ދުއްވުން.
  • ވެހިކަލްތައް މަރާމާތުކުރުން (ކުދި މަރާމާތުތައް).
  • ވެހިކަލްތައް ދޮވެސާފު ކުރުން (ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން).
  • ވެހިކަލްތަކުގެ އިންޝުއަރެންސް ކުރުމާއި، އަހަރީ ފީދެއްކުމާއި، ރޯޑްވާރދިނަސް ހެދިފައިވޭތޯ ގަވާއިދުން ބަލައި މިކަމާގުޅޭ މަސައްކަތްތަށް ކުރުން.
  • ވެހިކަލްތަކުގެ ލޮގްފޮތް ބެލެހެއްޓުން.

2- އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން

  • ސިޓީ ފަދަ ތަކެތި ބަހަންޖެހޭ ހާލަތެއްގައި ބެހުން
  • ވެހިކަލްތަކުގެ މަރާމާތާއި އަދި ވެހިކަލްއާއި ގުޅޭ އެހެނިހެން ކަންތައްތަކުގެ ރިކޯޑު ބެލެހެއްޓުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތުދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ (ކާރު ދުއްވުމުގެ) ލައިސަންސް ހާސިލުކޮށްފައިވުން.

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

އިންޓަރވިއު އޮންނާނެ

މުއްދަތު 

އިންޓަރވިއު އޮންނާނީ 22-26 ފެބުރުވަރީ 2015 އާއި ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚު:

17 ފެބްރުވަރީ 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއޮފް ފޮރިން އެފެއާޒަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މި އިދާރާއިން ލިބެން ހުންނާނެއެވެ.

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓުކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް އެކަން މިނިސްޓްރީއިން އަންގާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304177 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

05 ފެބުރުވަރީ 2015