ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ބޭނުންވާ ޤާނޫނީ ޙިދުމަތްތައް ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބޭނުންވަނީ ދިވެހި ރާއްޖޭގައި ޤާނޫނީ މަސައްކަތް ކުރުމުގެ ހުއްދަ އޮތް ފަރާތެކެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
ހޯމަ |
03 ޖުލައި 2023 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
ބުރާސްފަތި |
06 ޖުލައި 2023 |
14:00 |
މަޢުލޫމާތު ސާފުކުރާ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށްވެސް މި ބީލަމުގައ ބައިވެރިވެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.
19 ޖޫން 2023