މަސައްކަތް
ނަންބަރު: (IUL)BCC-PS/1/2023/56
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 17:03
ސުންގަޑި: 06 ޖުލައި 2023 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ޙިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

މި ކޯޕަރޭޝަނަށް ބޭނުންވާ ޤާނޫނީ ޙިދުމަތްތައް ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބޭނުންވަނީ ދިވެހި ރާއްޖޭގައި ޤާނޫނީ މަސައްކަތް ކުރުމުގެ ހުއްދަ އޮތް ފަރާތެކެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

      

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރުން

ހޯމަ

03 ޖުލައި 2023

14:00

އަންދާސީހިސާބު ހުށަހެޅުން

ބުރާސްފަތި

06 ޖުލައި 2023

14:00

 

މަޢުލޫމާތު ސާފުކުރާ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށްވެސް މި ބީލަމުގައ ބައިވެރިވެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

 

 

19 ޖޫން 2023

 

19 ޖޫން 2023