ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

ވިލާކޮލެޖުން ހދ.ކުޅުދުއްފުށީގައި ހިންގަވާ " މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން " ( އެމް.ބީ.އޭ ) ކޯހުގެ ފުރަތަމަ ބުރުން "ޚާއްޞަ ސްކޮލަރޝިޕެއް" ހދ.އަތޮޅު ކައުންސިލަށް ވިލާކޮލެޖުން ހަމަޖައްސަވައިދެއްވުމާ ގުޅިގެން މި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

ކޯހުގެ ދާއިރާ:

  • މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ( 18 މަސްދުވަސް )

ސްކޮލަރޝިޕްގެ އަދަދު

  • މި ސްކޮލަރޝިޕް ދޭ ގޮތަށް ހަމަޖެހިފައިވަނީ 2 ( ދޭއް ) ދަރިވަރުންނަށެވެ.

ޝަރުޠު:

  • ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން 

ނުވަތަ

  • ޤައުމީ ސަނަދުގެ އޮނިގަނޑު ލެވަލް 5 ގެ ( ޑިޕްލޮމާ ) ސެޓުފިކެޓެއް ހާސިލުކޮށްފައިވުމާއެކު، އުމުރުން 35 އަހަރުވެފައިވުން
  • ހދ.އަތޮޅު ރަށްވެއްސެއް ކަމުގައިވުން   

އިތުރު މަޢުލޫމާތު

  • މި ސްކޮލަރޝިޕްގެ ދަށުން ޓިޔުޝަން ފީ ގެގޮތުގައި ދައްކަންޖެހޭ ފައިސާގެ %50 ހދ.އަތޮޅު ކައުންސިލާއި ވިލާކޮލެޖާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސަވައިދެއްވާނީ ވިލާކޮލެޖުންނެވެ.  
  • މީގެ އިތުރުން ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ކެންޑިޑޭޓުން އަމިއްލައަށެވެ.
  • މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ދަރިވަރަކީ، މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ލެވަލްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  • މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ދަރިވަރަކީ، ވިލާކޮލެޖުން ހދ.ކުޅުދުއްފުށީގައި މިހާރު ހިންގާ " މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ކޯހުގައި ރަޖިސްޓަރީވެ ގަވާއިދުން ކިޔަވަމުންދާ ދަރިވަރެއްކަމުގައި ވާން ޖެހޭނެއެވެ.
  • މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ދަރިވަރަކީ ކޯސް ނިންމުމަށްފަހު ހދ.އަތޮޅަށް މަދުވެގެން 5 އަހަރު ޚިދުމަތްކުރުމަށް އެއްބަސްވާ ދަރިވަރަކަށް ވާންޖެހޭނެއެވެ.   

ހުށަހަޅަންޖެހޭ ތަކެތި

  • "ސްކޮލަރޝިޕަށް" އެދި ހުށަހަޅާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
  • ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށްވާންޖެހޭނެއެވެ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ހދ.އަތޮޅުކައުންސިލުން ތައްގަނޑުޖެހި އަސްލު. އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ފޮޓޯކޮޕީ އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހުގެ ތައްގަނޑާއި، އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު ލިޔެފައި އޮންނަންވާނެއެވެ.
  • ސްކޮލަރޝިޕަށް އެދޭ ފަރާތުގެ ވަނަވަރު ( ސީ.ވީ )
  • އައި.ޑީ.ކާޑުގެ ކޮޕީ

ސުންގަޑި:

  • 8 ފެބުރުވަރީ 2015 ( އާދީއްތަ ) ދުވަހުގެ 14:00 ގެ ކުރިން ހދ.އަތޮޅުކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
  • ސްކޮލަރޝިޕަށް އެދޭ ފޯމާއި، ސްކޮލަރޝިޕަށް ކެންޑިޑޭޓް ހޮވުމުގައި ބަލާނެ މިންގަނޑުތަކުގެ ތަފުސީލު ހދ.އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން އަދި އޮފީހުގެ ވެބްސައިޓް (http://www.haadhaal.gov.mv ) އިން ލިބެން ހުންނާނެއެވެ.
01 ފެބުރުވަރީ 2015
ހޯދާ