ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
ސަރވިސް ސެންޓަރ
|
މަޤާމް:
|
އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/10،500ރ އާއި -/22،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އެސެމްބްލިންގ ވާރކްޝޮޕްގައި އެސެމްބްލްކުރާ ޕެނަލް މަސައްކަތްކުރުން
- ޖަނަރޭޓަރު ކޮންޓްރޯލް އަދި ސިންކްރޮނައިޒޭޝަން ޕެނަލް ޑިޒައިން ކުރުން
- ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލްތައް ޕަވަރ ސިސްޓަމް ޑިޒައިން ކުރުން
- ޕްރޮޖެކްޓްތަކަށް ބޭނުންވާ ސަރވޭ ރިޕޯޓްތައް ބީ.އޯ.ކިއު ތައްޔާރުކުރުން
- ޑިޕާޓްމަންޓްގެ ފަރާތުން ކޮމާޝަލް ޕްރޮޖެކްޓްތައް ބެލެހެއްޓުން
- ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެޕްރޫވަލް ހޯދުމަށް ލޯކަލް އޮތޯރިޓީތަކާއި މުޢާމަލާތުކުރުން
- ޕްރޮޖެކްޓްތަކުގެ އެމް.ވީ އަދި އެލް.ވީ ގެ މަސައްކަތްތައް ކުރިއަށް ގެންދިއުން
- ކަރަންޓް ވަޔަރިން، ނެޓްވޯކް އަދި ކޮންޓްރޯލް ޕެނަލްތަކުގެ އިލެކްޓްރިކަލް ޓްރަބްލްޝޫޓިން މަސައްކަތްކުރުން
- ޕްރޮޖެކްޓްގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން
- އިންޓަރނަލް ޑިޕާޓްމަންޓްތަކާ ގުޅިގެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުން
|
މަޤާމް:
|
ޓެކްނީޝަން
|
ބޭނުންވާ ޢަދަދު:
|
05
|
މުސާރަ:
|
-/8000ރ އާއި -/15،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.
ނުވަތަ؛
- އިލެކްޓްރިކަލް ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް (ލެވެލް4) ޙާޞިލްކޮށްފައިވުމާއި އެކު އިލެކްޓްރިކަލް މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އެމް.ވީ އަދި އެލް.ވީ ގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކަށް އިންސްޓޯލްކުރުން
- ކަރަންޓް ވަޔަރިން، ނެޓްވޯކް އަދި ކޮންޓްރޯލް ޕެނަލްތަކުގެ އިލެކްޓްރިކަލް ޓްރަބްލްޝޫޓިންގ ކުރިއަށް ގެންދިއުން
- ސަރވޭކުރުމާއި ސަރވޭ ރިޕޯޓާއި ބީ.އޯ.އެމް ތައްޔާރުކުރުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
20 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 20 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
26 ޛުލްޤައިދާ 1444
15 ޖޫން 2023
|