ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/171
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 20 ޖޫން 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ސަރވިސް ސެންޓަރ

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

ބޭނުންވާ ޢަދަދު:

02

މުސާރަ:  

-/10،500ރ އާއި -/22،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އެސެމްބްލިންގ ވާރކްޝޮޕްގައި އެސެމްބްލްކުރާ ޕެނަލް މަސައްކަތްކުރުން
  • ޖަނަރޭޓަރު ކޮންޓްރޯލް އަދި ސިންކްރޮނައިޒޭޝަން ޕެނަލް ޑިޒައިން ކުރުން
  • ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލްތައް ޕަވަރ ސިސްޓަމް ޑިޒައިން ކުރުން
  • ޕްރޮޖެކްޓްތަކަށް ބޭނުންވާ ސަރވޭ ރިޕޯޓްތައް ބީ.އޯ.ކިއު ތައްޔާރުކުރުން
  • ޑިޕާޓްމަންޓްގެ ފަރާތުން ކޮމާޝަލް ޕްރޮޖެކްޓްތައް ބެލެހެއްޓުން
  • ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެޕްރޫވަލް ހޯދުމަށް ލޯކަލް އޮތޯރިޓީތަކާއި މުޢާމަލާތުކުރުން
  • ޕްރޮޖެކްޓްތަކުގެ އެމް.ވީ އަދި އެލް.ވީ ގެ މަސައްކަތްތައް ކުރިއަށް ގެންދިއުން
  • ކަރަންޓް ވަޔަރިން، ނެޓްވޯކް އަދި ކޮންޓްރޯލް ޕެނަލްތަކުގެ އިލެކްޓްރިކަލް ޓްރަބްލްޝޫޓިން މަސައްކަތްކުރުން
  • ޕްރޮޖެކްޓްގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން
  • އިންޓަރނަލް ޑިޕާޓްމަންޓްތަކާ ގުޅިގެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުން

މަޤާމް:

ޓެކްނީޝަން

ބޭނުންވާ ޢަދަދު:

05

މުސާރަ:  

-/8000ރ އާއި -/15،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • އިލެކްޓްރިކަލް ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް (ލެވެލް4) ޙާޞިލްކޮށްފައިވުމާއި އެކު އިލެކްޓްރިކަލް މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އެމް.ވީ އަދި އެލް.ވީ ގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކަށް އިންސްޓޯލްކުރުން
  • ކަރަންޓް ވަޔަރިން، ނެޓްވޯކް އަދި ކޮންޓްރޯލް ޕެނަލްތަކުގެ އިލެކްޓްރިކަލް ޓްރަބްލްޝޫޓިންގ ކުރިއަށް ގެންދިއުން
  • ސަރވޭކުރުމާއި ސަރވޭ ރިޕޯޓާއި ބީ.އޯ.އެމް ތައްޔާރުކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

20 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 20 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

                     26 ޛުލްޤައިދާ 1444

                      15  ޖޫން 2023

15 ޖޫން 2023