ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

         ގދ. ނަޑެއްލާ،

             ދިވެހިރާއްޖެ،

ނަންބަރު: Q3C-A/2023/4

                                                    

އިޢުލާން

ތަރުޖަމާނު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.

ބޭނުންވާ ޢަދަދު:

02

ކޯޓު/އިދާރާ:

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ) މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް

 

ތަރުޖަމާކުރަންޖެހޭ ބަސް:

ބަންގާޅު ބަސް، އިނގިރޭސި ބަސް، ޗައިނާ ބަސް، ޖަޕާނު ބަސް، ހިންދީ ބަސް، އުރުދޫ ބަސް، މަލިޔާޅަމް ބަސް، ސައިން ލޭންގުއޭޖް

މަޤާމުގެ ޝަރުތު:

އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.

ހުށަހަޅަންޖެހޭ ތަކެތި:

-       ތަރުޖަމާނުކަމަށް އެދޭ ސިޓީ

-       ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ

-       ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ  

-       ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

-       ވަނަވަރު (ސީވީ)

ސުންގަޑި:

12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

-       ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

-       މިކަމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް މިކޯޓުގެ ވެބްސައިޓް gdh-nadallaa.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

-       މިމަޤާމަށް އެދި ހުށަހަޅުއްވާނީ މިކޯޓުގެ ރިސެޕްޝަނަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 6840159 / 6840150

 

05 ޖޫން 2023

05 ޖޫން 2023
ހޯދާ