ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް
ގދ. ނަޑެއްލާ،
ދިވެހިރާއްޖެ،
|
ނަންބަރު: Q3C-A/2023/4 |
އިޢުލާން
ތަރުޖަމާނު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު
މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.
|
ބޭނުންވާ ޢަދަދު: |
02 |
|
ކޯޓު/އިދާރާ: |
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް |
|
އެލަވަންސް: |
-/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ) މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް |
|
ތަރުޖަމާކުރަންޖެހޭ ބަސް: |
ބަންގާޅު ބަސް، އިނގިރޭސި ބަސް، ޗައިނާ ބަސް، ޖަޕާނު ބަސް، ހިންދީ ބަސް، އުރުދޫ ބަސް، މަލިޔާޅަމް ބަސް، ސައިން ލޭންގުއޭޖް |
|
މަޤާމުގެ ޝަރުތު: |
އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި: |
- ތަރުޖަމާނުކަމަށް އެދޭ ސިޓީ - ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ - ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ - ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ - ވަނަވަރު (ސީވީ) |
|
ސުންގަޑި: |
12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން |
|
އިތުރު މަޢުލޫމާތު: |
- ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. - މިކަމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް މިކޯޓުގެ ވެބްސައިޓް gdh-nadallaa.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. - މިމަޤާމަށް އެދި ހުށަހަޅުއްވާނީ މިކޯޓުގެ ރިސެޕްޝަނަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 6840159 / 6840150 |
05 ޖޫން 2023