މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އެކި ސަރަހައްދުގައި 345 މީޓަރު ކޯރުކޮނެ ސަޕްލައި ވަޅުލާދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް މިރަށުގެ އެކި ސަރަހައްދުގައި 345 މީޓަރު ކޯރުކޮނެ ކޭބަލްވަޅުލާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ (IUL)330-B/330/2023/34 (2023.05.29) އިޢުލާނާއި ގުޅިގެން ހުސަހެޅުނު އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00  ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6641012 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

06 ޖޫން 2023
ހޯދާ