ދިވެހިރާއްޖެ
މި އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް މިރަށުގެ އެކި ސަރަހައްދުގައި 345 މީޓަރު ކޯރުކޮނެ ކޭބަލްވަޅުލާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ (IUL)330-B/330/2023/34 (2023.05.29) އިޢުލާނާއި ގުޅިގެން ހުސަހެޅުނު އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6641012 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.