ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަނޑުތަކާއި އޮޅުބިމުގެ ދަފްތަރު އެކުލަވާލުން

 

ރުއްގަނޑުތަކާއި އޮޅުބިމުގެ ދަފްތަރު އެކުލަވާލުން 

          ގއ.ނިލަންދޫ އިން ދޫކޮށްފައިވާ އެންމެހާ ބިންތަކުގެ ދާއިމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މި އިދާރާއިން މި ދަނީ ކުރަމުންނެވެ. އެގޮތުން އަމިއްލަ ފަރާތްތަކުގެ އެންމެހާ ރުއްގަނޑުތަކާއި އޮޅުބިންތަކުގެ ތިރީގައި މިދަންނަވާ މަޢުލޫމާތު 08 ޖޫން 2023 ވާ  ބްރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމުން ނުވަތަ މި އިދާރާގެ ކައުންސިލް އޮފިސަރ މަރިޔަމް ޝިޒްނާ ނަޖީބްގެ ވައިބަރ ނަންބަރ 9849587 އަށް ފޮނުއްވައި ދެއްވުން އެދެމެވެ. މި މަޢުލޫމާތަކީ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމުން ޙާއްސަ ސަމާލުކަމެއްދެއްވައި މި މަޢުލޫމާތު މި އިދާރާއާއި ޙިއްސާކޮށްދެއްވުން އެދެމެވެ.

  1. ރުއްގަނޑު/ އޮޅުބިމުގެ ވެރިފަރާތް:
  2. ރުއްގަނޑު/ އޮޅުބިން އޮތްތަން: (މިސާލު: ރަންނަމާރި ގޯއްޗާއި އިންވެގެން ދެކުނަށް)
  3. ރުއްގަނޑު/ އޮޅުބިމުގެ ބޮޑު މިން: ( ހަތަރު ފަރާތުގެ މިންތައް)
  4. ރުއްގަނޑުގައި ހުރި ރުކުގެ އަދަދު :

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           

                              1  ޛުލްޤައިދާ   1444

21 މޭ 2023
ހޯދާ