ދިވެހިރާއްޖެ
ރުއްގަނޑުތަކާއި އޮޅުބިމުގެ ދަފްތަރު އެކުލަވާލުން ގއ.ނިލަންދޫ އިން ދޫކޮށްފައިވާ އެންމެހާ ބިންތަކުގެ ދާއިމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މި އިދާރާއިން މި ދަނީ ކުރަމުންނެވެ. އެގޮތުން އަމިއްލަ ފަރާތްތަކުގެ އެންމެހާ ރުއްގަނޑުތަކާއި އޮޅުބިންތަކުގެ ތިރީގައި މިދަންނަވާ މަޢުލޫމާތު 08 ޖޫން 2023 ވާ ބްރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމުން ނުވަތަ މި އިދާރާގެ ކައުންސިލް އޮފިސަރ މަރިޔަމް ޝިޒްނާ ނަޖީބްގެ ވައިބަރ ނަންބަރ 9849587 އަށް ފޮނުއްވައި ދެއްވުން އެދެމެވެ. މި މަޢުލޫމާތަކީ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމުން ޙާއްސަ ސަމާލުކަމެއްދެއްވައި މި މަޢުލޫމާތު މި އިދާރާއާއި ޙިއްސާކޮށްދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. |
1 ޛުލްޤައިދާ 1444