އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ، ޕްލާކް އަދި ސޭޝް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

1.   މި މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ އާއި ޕްލާކް އަދި ސޭޝް ތައްޔާރުކޮށްދީ އެ ޖަލްސާއަށް ލައިޓިންގގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)MAI-109/MAI/2023/44) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ބީލަމުގައި ބައިވެރިވެލައްވާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2 .  މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 01 ން 2023 ޖޫން 07 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 .  މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 07 ވަނަ ދުވަހުގެ ރޭ 21:00 ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅައިގެނެވެ.

4 .  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޖޫން 08 ވަނަ ދުވަހުގެ 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 1 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5 .  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016642

[email protected]

01 ޖޫން 2023
ހޯދާ