ދިވެހިރާއްޖެ
1. މި މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ އާއި ޕްލާކް އަދި ސޭޝް ތައްޔާރުކޮށްދީ އެ ޖަލްސާއަށް ލައިޓިންގގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)MAI-109/MAI/2023/44) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ބީލަމުގައި ބައިވެރިވެލައްވާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 . މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 01 ން 2023 ޖޫން 07 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 . މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 07 ވަނަ ދުވަހުގެ ރޭ 21:00 ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅައިގެނެވެ.
4 . ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޖޫން 08 ވަނަ ދުވަހުގެ 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 1 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.
5 . ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3016642