މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Diethylene Glycol އަދި Ethylene Glycol އަޅާފައި ހުންނަ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހާއި ގުޅޭ

  

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                  

މިނިސްޓްރީ އޮފް ހެލްތު                                                            

މާލެ، ދިވެހިރާއްޖެ

(IUL)-182-REG/23/2023/8 :ނަންބަރ

  ޢާއްމު އިއުލާން

Diethylene Glycol  އަދި  Ethylene Glycol

 އަޅާފައި ހުންނަ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހާއި ގުޅޭ

                                      

               މި އޮތޯރިޓީގެ އެލާރޓް ނަމްބަރު 182-Enf/CIR/2022/9   ، 182-REG/CIR/2022/6  އަދި ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ، އެލާރޓް (N°7/2022, N°6/2022,  N°4/2022,  N°1/2022)  RPQ/REG/ISF/Alert  އާއި ހަވާލާދީ ދަންނަވަމެވެ.

                

                މިދެންނެވުން އެލާރޓް ތަކުގައި ބަޔާން ކުރެވިފައިވާ ފަދައިން ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި Diethylene Glycol”  އަދި  “Ethylene Glycol ހިމެނިފައިވެއެވެ.

 

                އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،  31 ޖޫން 2023 އިން ފެށިގެން ރާއްޖެ އިމްޕޯޓް ކުރާ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގެ. ކޮންމެ ބެޗަކަށް، ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ (WHO) ޕްރީކޮލިފައިޑް ލެބޯރެޓަރީ)  https://extranet.who.int/pqweb/medicines/prequalified-lists/sf-quality-control-labs   ( އަކުން  ހަދާފައިވާ ލެބޯރޓްރީ ތަހުލީލް (އޭގައި "diethylene glycol and ethylene glycol” ނުހިމެނޭ ކަން ކަށަވަރު ކުރާ) ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަން، ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

 

                މިކަމާއި  ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ:  7200321 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.

31 މޭ 2023
ހޯދާ