ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
(IUL)-182-REG/23/2023/8 :ނަންބަރ
ޢާއްމު އިއުލާން
Diethylene Glycol އަދި Ethylene Glycol
އަޅާފައި ހުންނަ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހާއި ގުޅޭ
މި އޮތޯރިޓީގެ އެލާރޓް ނަމްބަރު 182-Enf/CIR/2022/9 ، 182-REG/CIR/2022/6 އަދި ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ، އެލާރޓް (N°7/2022, N°6/2022, N°4/2022, N°1/2022) RPQ/REG/ISF/Alert އާއި ހަވާލާދީ ދަންނަވަމެވެ.
މިދެންނެވުން އެލާރޓް ތަކުގައި ބަޔާން ކުރެވިފައިވާ ފަދައިން ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި Diethylene Glycol” އަދި “Ethylene Glycol ހިމެނިފައިވެއެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 31 ޖޫން 2023 އިން ފެށިގެން ރާއްޖެ އިމްޕޯޓް ކުރާ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގެ. ކޮންމެ ބެޗަކަށް، ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ (WHO) ޕްރީކޮލިފައިޑް ލެބޯރެޓަރީ) https://extranet.who.int/pqweb/medicines/prequalified-lists/sf-quality-control-labs ( އަކުން ހަދާފައިވާ ލެބޯރޓްރީ ތަހުލީލް (އޭގައި "diethylene glycol and ethylene glycol” ނުހިމެނޭ ކަން ކަށަވަރު ކުރާ) ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަން، ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.