މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ބައެއް އިވެންޓްތައް އޯގަނައިޒްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން މިއަހަރު (2015 ވަނަ އަހަރު) ބޭއްވުމަށް ހަމަޖެހިފައިވާ ތިރީގައިވާ ހަރަކާތްތައް އިންތިޒާމްކޮށް ހިންގުމަށް އިވެންޓް އޯގަނައިޒްކުރުމުގެ މަސައްކަތްކުރާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)142-E1/1/2015/5 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިވަނީ ދެފަރާތަކުން ކަމަށްވާތީ އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

01- ކޮންމެ މަހަކު އެއްފަހަރު ބާއްވާ ދީނީ ދަރުސް ފޯރަމް (އަލިމަސް ކާނިވަލުގައި – 09 ފޯރަމް)

02- އެޕްރީލް މަހުގައި ބާއްވާ އިސްލާމިކް ފެއަރ (ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި)

03- ރަމަޟާން މަހުގެ ކޮންމެ ހޯމަ އަދި ހުކުރުވިލޭރޭ ބާއްވާ އިޙްޔާ ފޯރަމް (އިސްލާމީ މަރުކަޒުގައި – 08 ފޯރަމް)

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 02  ފެބުރުވަރީ 2015 ވާ ހޯމަަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

04 ރަބީޢުލްއާޚިރު 1436

 

26 ޖަނަވަރީ 2015
ހޯދާ