ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ފަރާތުން މިއަހަރު (2015 ވަނަ އަހަރު) ބޭއްވުމަށް ހަމަޖެހިފައިވާ ތިރީގައިވާ ހަރަކާތްތައް އިންތިޒާމްކޮށް ހިންގުމަށް އިވެންޓް އޯގަނައިޒްކުރުމުގެ މަސައްކަތްކުރާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)142-E1/1/2015/5 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިވަނީ ދެފަރާތަކުން ކަމަށްވާތީ އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
01- ކޮންމެ މަހަކު އެއްފަހަރު ބާއްވާ ދީނީ ދަރުސް ފޯރަމް (އަލިމަސް ކާނިވަލުގައި – 09 ފޯރަމް)
02- އެޕްރީލް މަހުގައި ބާއްވާ އިސްލާމިކް ފެއަރ (ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި)
03- ރަމަޟާން މަހުގެ ކޮންމެ ހޯމަ އަދި ހުކުރުވިލޭރޭ ބާއްވާ އިޙްޔާ ފޯރަމް (އިސްލާމީ މަރުކަޒުގައި – 08 ފޯރަމް)
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2015 ވާ ހޯމަަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަމަވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.
04 ރަބީޢުލްއާޚިރު 1436