މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސަރވޭ މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ސަރވޭ މެނޭޖަރ

މީހުން ބޭނުންވާ އަދަދު

3 (ތިނެއް)

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރާއި 10 މަސްދުވަސް

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޜަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

ތަޢުލީމާއި ތަޖުރިބާ

ރިސަރޗްގެ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑިމޮގްރެފިކް އެންޑް ހެލްތު ސަރވޭގެ އިދާރީ މަސައްކަތްތަކާއި، ސަރވޭގެ މީޓިންގތަކާއި ޓްރޭނިންގތައް އެރޭންޖުކުރުމާއި، ސަރވޭގެ ފީލްޑް މަސައްކަތްތައް ކޯޑިނޭޓްކޮށް، އެ މަސައްކަތްތައް މޮނިޓަރކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަޑުޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ފެބުރުވަރީ 3 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބުރުއަރީމަހުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3014437 އެވެ.

1 ރަބީޢުލްއާޚިރު 1436
22 ޖަނަވަރީ 2015
ހޯދާ