ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.
މަޤާމު |
ސަރވޭ މެނޭޖަރ |
މީހުން ބޭނުންވާ އަދަދު |
3 (ތިނެއް) |
ކޮންޓްރެކްޓުގެ މުއްދަތު |
1 އަހަރާއި 10 މަސްދުވަސް |
މުސާރަ |
-/8835 ރުފިޔާ |
ސަރވިސް އެލަވަންސް |
-/2000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ހެލްތު |
ޑިވިޜަން / ސެކްޝަން |
ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު |
ތަޢުލީމާއި ތަޖުރިބާ |
ރިސަރޗްގެ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ޑިމޮގްރެފިކް އެންޑް ހެލްތު ސަރވޭގެ އިދާރީ މަސައްކަތްތަކާއި، ސަރވޭގެ މީޓިންގތަކާއި ޓްރޭނިންގތައް އެރޭންޖުކުރުމާއި، ސަރވޭގެ ފީލްޑް މަސައްކަތްތައް ކޯޑިނޭޓްކޮށް، އެ މަސައްކަތްތައް މޮނިޓަރކުރުން. |
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 އިން ހަވީރު 3:00 އަށް |
ޢިނާޔަތް |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ފެބުރުވަރީ 3 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ ފެބުރުއަރީމަހުގައި. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3014437 އެވެ. |
1 ރަބީޢުލްއާޚިރު 1436 |