ދިވެހިރާއްޖެ
ތިރީގައި މިވަނީ މިނިސްޓްރީ އޮފް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން މާރިޗު 2015 ގައި ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހުގެ މަޢުލޫމާތެވެ. މި ދެކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 9:00 ން ފެށިގެން 25 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު މިއިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 މިނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
1- ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް |
މުއްދަތު: 1 އަހަރު (2 ސެމެސްޓަރ) |
ކޯސް ހިންގާނެ ތަން އަދި ޖާގަ: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު: ހ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން. |
2- ކޯހުގެ ނަން: އެޑްވާންސްޑް ސެޓުފިކެޓު އިން ސްޕޯޓްސް މެނޭޖްމަންޓް |
މުއްދަތު:1 އަހަރު (2 ސެމެސްޓަރ) |
ކޯސް ހިންގާނެ ތަން އަދި ޖާގަ: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު: ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. |
01 ރަބީޢުލްއާޚިރު 1436