ތަމްރީނު
ނަންބަރު: (IUL)141-MNIS-A/1/2015/12
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 20 ފެބުރުވަރީ 2015 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

ތިރީގައި މިވަނީ މިނިސްޓްރީ އޮފް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން މާރިޗު 2015 ގައި ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހުގެ މަޢުލޫމާތެވެ. މި ދެކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 9:00 ން ފެށިގެން 25 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު މިއިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 މިނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)

ކޯސް ހިންގާނެ ތަން އަދި ޖާގަ:  މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ

 ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން.

 

2- ކޯހުގެ ނަން: އެޑްވާންސްޑް ސެޓުފިކެޓު އިން ސްޕޯޓްސް މެނޭޖްމަންޓް

މުއްދަތު:1 އަހަރު (2 ސެމެސްޓަރ)

ކޯސް ހިންގާނެ ތަން އަދި ޖާގަ: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ 

 ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން.


                             01 ރަބީޢުލްއާޚިރު 1436   

22 ޖަނަވަރީ 2015