ދިވެހިރާއްޖެ
އިޢުލާނު
ވޭޖް އެންޕްލޮއިމަންޓުގެ ދަށުން މުދިމަކު ހޯދުން.
މިއިދާރާއިން ބަލަހައްޓަމުންގެންދާ މަސްޖިދުލް އަޙުމަދު މޫސާ މިސްކިތައް ވޭޖު އެންޕްލޮއިމަންޓްގެ ދަށުން މިސްކިތު ޕޫލްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުދިމުން ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމް: އިމާމު/މުދިމް
ބޭނުންވާ ޢަދަދު: 2 (ދޭއް)
މުއްދަތު: 1 އަހަރު
މުސާރަ: ޝަރުތު ހަމަވާ އިމާމެއްނަމަ މަސައްކަތްކުރާކޮންމެ ގަޑިއަކަށް-/61ރުފިޔާ ޝަރުތު ހަމަވާ މުދިމެއްނަމަ ގަނޑިއަކަށް -/53 ރުފިޔާ
ޔުނިޓް: މުނިސިޕަލް ސާރވިސް
މަޤާމްގެ ޝަރުތު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު
1 އިމާމުކަމުގެ ސަނަދު ލިބިފައިވުން ނުވަތަ މުދިމް ކަމުގެ ސަނަދު ލިބިފައިވުން .
2 ޤްރުޢާން ރީއްޗައް ކިޔަވަން އެގުމާއި ބަންގިގޮވުމާއި ޖަމާއަތުގައި ނަމާދުކުރަން އެގޭ ފަރާތަކަށްވުން.
3 ޢުމުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
1 ނަމާދުވަގުތައް ފަރުވާތެރިވެ ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ޖަމާއަތުގައި ނަމާދުކުރުން.
2 މިސްކިތައް ދަތިވާކަންކަން ކައުންސިލަށް އަންގައި އެކަންޙައްލުކުރުން.
3 އިމާމުވެ ކޭތަ ނަމާދުކުރުން.
4 މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއްދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އެންގުން.
5 މިސްކިތުގައި ދީނީ ނަސޭޙަތްދިނުމާއި ކަށުނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާދިނުން.
6 މިސްކިތު މަސައްކަތުމީހުން މަސައްކަތް ކުރާގޮތްބެލުން.
7 މިސްކިތް ވަގުތީގޮތުން ޙަވާލުކޮށްފައިވަނިކޮށް ބަލިވުން ނުވަތަ މަގުބޫލުއުޒުރެއްދިމާވެގެން ވަގުތައް މިސްކިތައް ދެވޭގޮތް ނުވެއްޖެނަމަ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް އެންގުން
8 ކައުންސިލް އިދާރާގެ ވެރިން އަންގާ، މިސްކިތާއި ގުޅުންހުރި ކަންކަންކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
31 މެއި 2023 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
# ތައުލީމި ސެޓްފިކެޓުތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައިވާ އަދި އަސްލާއެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއި ކޮށްފައިވާ އަސްލު)
# ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ އާއި އައިޑީ ކާޑުގެ ކޮޕީ (އަސްލާއެއްގޮތް ކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)
# މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަމްބަރ 9393603/6700603 ފޯނާއި އެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރަމެވެ.
03 ޛުލްޤައިދާ 1444
23 މެއި 2023