ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)357-cf 357/2023/28
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 31 މޭ 2023 13:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެންޕްލޮއިމަންޓުގެ ދަށުން މުދިމަކު ހޯދުން.

                                                                  އިޢުލާނު        

ވޭޖް އެންޕްލޮއިމަންޓުގެ ދަށުން މުދިމަކު ހޯދުން.

               މިއިދާރާއިން ބަލަހައްޓަމުންގެންދާ މަސްޖިދުލް އަޙުމަދު މޫސާ މިސްކިތައް ވޭޖު އެންޕްލޮއިމަންޓްގެ ދަށުން މިސްކިތު ޕޫލްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުދިމުން ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމް: އިމާމު/މުދިމް

ބޭނުންވާ ޢަދަދު: 2 (ދޭއް)

މުއްދަތު: 1 އަހަރު

މުސާރަ: ޝަރުތު ހަމަވާ އިމާމެއްނަމަ މަސައްކަތްކުރާކޮންމެ ގަޑިއަކަށް-/61ރުފިޔާ ޝަރުތު ހަމަވާ މުދިމެއްނަމަ ގަނޑިއަކަށް -/53 ރުފިޔާ                      

ޔުނިޓް: މުނިސިޕަލް ސާރވިސް

މަޤާމްގެ ޝަރުތު: 

       މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު

1 އިމާމުކަމުގެ ސަނަދު ލިބިފައިވުން ނުވަތަ މުދިމް ކަމުގެ ސަނަދު ލިބިފައިވުން .

2 ޤްރުޢާން ރީއްޗައް ކިޔަވަން އެގުމާއި ބަންގިގޮވުމާއި ޖަމާއަތުގައި ނަމާދުކުރަން އެގޭ ފަރާތަކަށްވުން.

3 ޢުމުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން. 

މަޤާމުގެ މަސްޢޫލިއްޔަތު:

1 ނަމާދުވަގުތައް ފަރުވާތެރިވެ ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ޖަމާއަތުގައި ނަމާދުކުރުން.

2 މިސްކިތައް ދަތިވާކަންކަން ކައުންސިލަށް އަންގައި އެކަންޙައްލުކުރުން.

3 އިމާމުވެ ކޭތަ ނަމާދުކުރުން. 

4 މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއްދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އެންގުން.

5 މިސްކިތުގައި ދީނީ ނަސޭޙަތްދިނުމާއި ކަށުނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާދިނުން. 

6 މިސްކިތު މަސައްކަތުމީހުން މަސައްކަތް ކުރާގޮތްބެލުން. 

 

 

 

7 މިސްކިތް ވަގުތީގޮތުން ޙަވާލުކޮށްފައިވަނިކޮށް ބަލިވުން ނުވަތަ މަގުބޫލުއުޒުރެއްދިމާވެގެން  ވަގުތައް މިސްކިތައް ދެވޭގޮތް ނުވެއްޖެނަމަ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް އެންގުން

8 ކައުންސިލް އިދާރާގެ ވެރިން އަންގާ، މިސްކިތާއި ގުޅުންހުރި ކަންކަންކުރުން. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

31 މެއި 2023 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

# ތައުލީމި ސެޓްފިކެޓުތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައިވާ އަދި އަސްލާއެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއި ކޮށްފައިވާ އަސްލު)

# ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ އާއި އައިޑީ ކާޑުގެ ކޮޕީ (އަސްލާއެއްގޮތް ކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)

# މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަމްބަރ 9393603/6700603 ފޯނާއި އެވެ.

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރަމެވެ.  

               03 ޛުލްޤައިދާ  1444

               23 މެއި     2023   

23 މޭ 2023