މަޤާމު:
|
ސެކިއުރިޓީ ގާރޑް
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް
|
މަޤާމުގެ ޝަރުޠު:
|
- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
- ސިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.
- އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު މީހަކުކަމުގައިވުން.
- ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މަޤާމާއި ގުޅޭ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ހަމަޖެހިފައިވާ ޤަވާޢިދުން ޗެކްޕޯސްޓުތަކާއި ރަށުތެރޭގެ ސަރަޙައްދުތަކުގައި ޑިއުޓީ އަދާކުރުން.
- އެއަރޕޯޓުން ބޭރުވާ ތަކެއްޗާއި އެއަރޕޯޓަށް އެތެރެވާ ތަކެތި ބަލައި ޗެކްކުރުމާއި އެއްވެސް ބާވަތެއްގެ މައްސަލައެއް ދިމާވެއްޖެނަމަ (ޗެކްކުރުމުގެ ތެރޭގައި ޝައްކުވާފަދަ އެއްޗަކާ ދިމާވެއްޖެނަމަ) ކަމާބެހޭ މުވައްޒަފަށް ރިޕޯޓުކުރުން.
- ޗެކްޕޯސްޓުގައި ބެހެއްޓިފައިވާ، އެއަރޕޯޓުގެ ޢިމާރާތްތަކާއި ވެހިކަލްތަކުގެ ތަޅުދަނޑިތައް ޤަވާޢިދުން ބެލެހެއްޓުމާއި ތަޅުދަނޑިއެއް ނުވަތަ ތަޅުދަނޑި އެއްވެސް ފަރާތަކަށް ދޫކުރާނަމަ ޤަވާޢިދުން ލޮގްކުރުން.
- ޢިމާރާތްތަކުގެ ބޭރުގައިވާ ލައިޓްތައް ދިއްލުމާއި ނިއްވުން.
- އެއަރޕޯޓުގެ އެންމެހައި ޢިމާރާތްތަކާއި ތަކެތި (މުދާ) ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އަބަދުވެސް ރަށުތެރެ ޗެކްކުރަމުން ގެންދިޔުން (ރަށުތެރޭގައި ސެކިއުރިޓީ ޕެޓްރޯލްކުރުން)
- ފްލައިޓް ގަޑި ތަކުގައި ޓާރމިނަލް ކައިރީގައި،ހަމަޖެހިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.
- ޗެކްޕޯސްޓް ސާފުތާހިރުކޮށް ބެލެހެއްޓުން.
- ކުންފުނީގެ މުދަލަށާއި ތަކެއްޗަށް ރައްކާތެރިވެ، ހެދިފައިވާ ގަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން.
- އެއަރޕޯޓުގައި ނަގާ ޤައުމީ ދިދައާއި އެއަރޕޯޓުގެ ނުވަތަ ކުންފުނީގެ ދިދަ ޤަވާޢިދުން ނަގައި ތިރިކުރުން.
- މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މެންޓަލް އަދި ފިޒިކަލް އިމްތިހާނު (1 މޭލު ދުވުން، ޕުޝަޕްސް، ސިޓްއަޕްސް އަދި 50 މީޓަރު ފެތުން)
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
މުސާރައާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ -/3000ރުފިޔާ
- ސަރވިސް އެލަވަންސް -/6634ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
- ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
- ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
- ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
- ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
|
ސުންގަޑި:
|
2023 މެއި 27 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން
|
އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
|