ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) KACL-KDO/2023/20
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 27 މޭ 2023 14:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސެކިއުރިޓީ ގާރޑް

މަޤާމު:

ސެކިއުރިޓީ ގާރޑް

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް

މަޤާމުގެ ޝަރުޠު:

  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
  • ސިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު މީހަކުކަމުގައިވުން.
  • ސަރުކާރުގެ ކުންފުންޏެއްގައި  މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މަޤާމާއި ގުޅޭ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ހަމަޖެހިފައިވާ ޤަވާޢިދުން ޗެކްޕޯސްޓުތަކާއި ރަށުތެރޭގެ ސަރަޙައްދުތަކުގައި ޑިއުޓީ އަދާކުރުން.
  • އެއަރޕޯޓުން ބޭރުވާ ތަކެއްޗާއި އެއަރޕޯޓަށް އެތެރެވާ ތަކެތި ބަލައި ޗެކްކުރުމާއި އެއްވެސް ބާވަތެއްގެ މައްސަލައެއް ދިމާވެއްޖެނަމަ (ޗެކްކުރުމުގެ ތެރޭގައި ޝައްކުވާފަދަ އެއްޗަކާ ދިމާވެއްޖެނަމަ) ކަމާބެހޭ މުވައްޒަފަށް ރިޕޯޓުކުރުން.
  • ޗެކްޕޯސްޓުގައި ބެހެއްޓިފައިވާ، އެއަރޕޯޓުގެ ޢިމާރާތްތަކާއި ވެހިކަލްތަކުގެ ތަޅުދަނޑިތައް ޤަވާޢިދުން ބެލެހެއްޓުމާއި ތަޅުދަނޑިއެއް ނުވަތަ ތަޅުދަނޑި އެއްވެސް ފަރާތަކަށް ދޫކުރާނަމަ ޤަވާޢިދުން ލޮގްކުރުން.
  • ޢިމާރާތްތަކުގެ ބޭރުގައިވާ ލައިޓްތައް ދިއްލުމާއި ނިއްވުން.
  • އެއަރޕޯޓުގެ އެންމެހައި ޢިމާރާތްތަކާއި ތަކެތި (މުދާ) ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އަބަދުވެސް ރަށުތެރެ ޗެކްކުރަމުން ގެންދިޔުން (ރަށުތެރޭގައި ސެކިއުރިޓީ ޕެޓްރޯލްކުރުން)
  • ފްލައިޓް ގަޑި ތަކުގައި ޓާރމިނަލް ކައިރީގައި،ހަމަޖެހިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.
  • ޗެކްޕޯސްޓް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކުންފުނީގެ މުދަލަށާއި ތަކެއްޗަށް ރައްކާތެރިވެ، ހެދިފައިވާ ގަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • އެއަރޕޯޓުގައި ނަގާ ޤައުމީ ދިދައާއި އެއަރޕޯޓުގެ ނުވަތަ ކުންފުނީގެ ދިދަ ޤަވާޢިދުން ނަގައި ތިރިކުރުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މެންޓަލް އަދި ފިޒިކަލް  އިމްތިހާނު (1 މޭލު ދުވުން، ޕުޝަޕްސް، ސިޓްއަޕްސް އަދި 50 މީޓަރު ފެތުން)
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/3000ރުފިޔާ
  • ސަރވިސް އެލަވަންސް -/6634ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

2023 މެއި 27 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
20 މޭ 2023