2023 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކުކުރާނެ މާކަރަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.
|
ބޭނުންވާ އަދަދު:
|
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:
|
- މާކިންގ:
04 ޖޫން 2023 އިން 15 ޖޫން 2023 އަށް (08:30 އިން 18:00 އަށް)
|
އުޖޫރަ:
|
- މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
- މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ
|
ޝަރުޠު:
|
މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:
- މިއަހަރު، އިމްތިޙާނުގައި ބައިވެރި ނުވާ ފަރާތަކަށްވުން
- މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުމާއެކު ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން މިހާރުވެސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ލެކްޗަރާއެއްގެ ގޮތުގައި އަރަބިބަސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ އަރަބިބަހުން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން
|
މަސްޢޫލިއްޔަތު:
|
1- މާކަރުން: 2023 ވަނަ އަހަރު މެއި / ޖޫން ގައި އޮންނަ ސާނަވީ އިމްތިޙާނުގެ އަރަބި މާއްދާގެ ނަތީޖާ ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:
|
- ތަޢުލީމީ ފެންވަރު: % 45
- ކިޔަވައި ދިނުމުގެ ތަޖުރިބާ: % 21
- މަސައްކަތު ތަޖުރިބާ : % 34
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- އެ މާއްދާއާ ގުޅޭ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓާއި ތަޖުރިބާގެ ލިޔުންތައް
- ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން ސްކޫލެއްގައި މިހާރުވެސް ކިޔަވައިދޭކަން އެނގޭނެ ރަސްމީ ލިޔުން
- ޔުނިވަރސިޓީ / ކޮލެޖް ގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން
|
ސުންގަޑި:
|
2023 މެއި 25 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|