ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-B/1/2023/ 36
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 25 މޭ 2023 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ސާނަވީ (އެސްއެސް.ސީ) އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

އިޢުލާން

    2023 ވަނަ އަހަރުގެ ސާނަވީ (އެސްއެސް.ސީ) އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

 

 2023 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކުކުރާނެ މާކަރަކު ބޭނުންވެއެވެ. ވީމާ، މިކަމަށް   ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

އަރަބި

 މާކަރ

01

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ:

 04 ޖޫން 2023 އިން 15 ޖޫން 2023 އަށް (08:30 އިން 18:00 އަށް)

އުޖޫރަ:

  1. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
  2. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ

 ޝަރުޠު:

މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

  1.  މިއަހަރު، އިމްތިޙާނުގައި ބައިވެރި ނުވާ ފަރާތަކަށްވުން
  2.  މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުމާއެކު ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން މިހާރުވެސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ލެކްޗަރާއެއްގެ ގޮތުގައި އަރަބިބަސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ އަރަބިބަހުން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން

 މަސްޢޫލިއްޔަތު:

 1- މާކަރުން: 2023 ވަނަ އަހަރު މެއި / ޖޫން ގައި އޮންނަ ސާނަވީ އިމްތިޙާނުގެ އަރަބި މާއްދާގެ ނަތީޖާ   ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު:         % 45    
  2. ކިޔަވައި ދިނުމުގެ ތަޖުރިބާ:    % 21  
  3. މަސައްކަތު ތަޖުރިބާ :      % 34    

 އެންމެ ޤާބިލް   ފަރާތެއް   ހޮވުމަށް   ބެލެވޭނެ ކަންތައް:

  1. މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.

 ހުށަހަޅަންޖެހޭ   ތަކެތި:

  1. މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  3. އެ މާއްދާއާ ގުޅޭ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓާއި ތަޖުރިބާގެ ލިޔުންތައް
  4. ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން ސްކޫލެއްގައި މިހާރުވެސް ކިޔަވައިދޭކަން އެނގޭނެ ރަސްމީ ލިޔުން
  5. ޔުނިވަރސިޓީ / ކޮލެޖް ގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން

 ސުންގަޑި:

 2023 މެއި  25 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

 އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
18 މޭ 2023