މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރު ރައްޔިތުންގެ ޖަނަރޭޓަރުތައް ނީލަންކިޔުމާބެހޭ

ތިރީގައި މިދަންނަވާ ޖަނަރޭޓަރުތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، ޖަނަރޭޓަރުތައް ގަންނަން ބޭނުންވާ ފަރާތްތަކުން 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ. އަގު ހުށަހަޅުއްވާނީ ސިޓީއަކުން މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލް އިދާރާއަށެވެ. އަގު ހުށަހަޅުއްވަންވާނީ ޖަނަރޭޓަރަކަށް ވަކިވަކިންނެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް މި ޖަނަރޭޓަރުތައް ވިއްކާލެވޭނެ ވާހަކަ ދަންނަވަމެވެ.

މޮޑެލް ނަމްބަރ

ކިލޯ ވޯޓު

ޙާލަތު

ފެށޭ އަގު

އިތުރު ކުރެވޭނީ

Perkins ( PR60 )

48

ޑައިނަމޯ ސާރވިސްކޮށް ފުލް އޯވަހޯލް ކުރަންޖެހޭ

-/25000

-/3000

Cummins

48

މިހާރުވެސް ބޭނުންކުރެވޭ

-/50000

-/3000

Cummins

48

އޯވަހޯލް ކުރަންޖެހޭ

-/30000

-/3000

Yanmar (TF160)

12

އޯވަހޯލް ކުރަންޖެހޭ

-/20000

-/1500

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6560005 / 6564500 ނަންބަރު ފޯނާއެވެ. ފެކްސް ނަމަ ކުރައްވާނީ 6564501 ނަންބަރަށެވެ. އީ މެއިލް އެޑްރެހަކީ [email protected]  އެވެ.

18 ޖަނަވަރީ 2015
ހޯދާ