ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ޖަނަރޭޓަރުތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، ޖަނަރޭޓަރުތައް ގަންނަން ބޭނުންވާ ފަރާތްތަކުން 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ. އަގު ހުށަހަޅުއްވާނީ ސިޓީއަކުން މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލް އިދާރާއަށެވެ. އަގު ހުށަހަޅުއްވަންވާނީ ޖަނަރޭޓަރަކަށް ވަކިވަކިންނެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް މި ޖަނަރޭޓަރުތައް ވިއްކާލެވޭނެ ވާހަކަ ދަންނަވަމެވެ.
މޮޑެލް ނަމްބަރ |
ކިލޯ ވޯޓު |
ޙާލަތު |
ފެށޭ އަގު |
އިތުރު ކުރެވޭނީ |
Perkins ( PR60 ) |
48 |
ޑައިނަމޯ ސާރވިސްކޮށް ފުލް އޯވަހޯލް ކުރަންޖެހޭ |
-/25000 |
-/3000 |
Cummins |
48 |
މިހާރުވެސް ބޭނުންކުރެވޭ |
-/50000 |
-/3000 |
Cummins |
48 |
އޯވަހޯލް ކުރަންޖެހޭ |
-/30000 |
-/3000 |
Yanmar (TF160) |
12 |
އޯވަހޯލް ކުރަންޖެހޭ |
-/20000 |
-/1500 |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6560005 / 6564500 ނަންބަރު ފޯނާއެވެ. ފެކްސް ނަމަ ކުރައްވާނީ 6564501 ނަންބަރަށެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ.