ދިވެހިރާއްޖެ
ނަމްބަރ:( IUL)252/252/2023/36
އިޢުލާން
ހއ.ފިއްލަދޫ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުން އޮތް ބިމުގައި ކުކުޅާއި ބަކަރި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
- ބިމާއި ގުޅޭ މަޢުލޫމާތު:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ފަސްމަގުގެ އުތުރުން ( ކުރެހުމުގެ ފާހަގަކޮށްފައިވާ)
- ބިމުގެ ބޮޑުމިން: 8000 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 5 ބިން
- ބިމުގެ ބާވަތް: ވަގުތީ
- ބިމުގައި ކުރެވޭނެ މަސައްކަތް: ހަމައެކަނި ކުކުޅާއި ބަކަށި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތް
- ބިން ދޫކުރާ މުއްދަތު: 5 އަހަރު
- ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
- ބިމުގެ ކުލި: %70 – (އެންމެ ކުޑަ އަގަކަށް ހުށައެޅޭނީ އަކަފޫޓަކަށް 0.60 ލާރިއެވެ.)
- މުއްދަތު: %20 – ( އެންމެ ގިނަ ޕޮއިންޓް ލިބޭނީ ދިގު މުއްދަތެއް ހުށައަޅާ ފަރާތަކަށެވެ.)
- މާލީ ޤާބިލްކަން: ( މާލީ ޤާބިލްކަމަށް ބެލެވޭނީ ވޭތުވެތިޔަ 3 މަސް ދުވަހު 20000.00 ރުފިޔާއަށް ބޭންކް އެކައުންޓްގައި ހުރުމުންނެވެ.)
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:15 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.
21 ޝައްވާލް 1444
11 މޭ 2023