ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2023/36
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 25 މޭ 2023 13:15
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުން އޮތް ބިމުގައި ކުކުޅާއި ބަކަރި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން

ނަމްބަރ:( IUL)252/252/2023/36

                           އިޢުލާން

                   ހއ.ފިއްލަދޫ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުން އޮތް ބިމުގައި ކުކުޅާއި ބަކަރި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

  • ބިމާއި ގުޅޭ މަޢުލޫމާތު:
  1. ބިން އޮތް ތަން: ހއ.ފިއްލަދޫ ފަސްމަގުގެ އުތުރުން ( ކުރެހުމުގެ ފާހަގަކޮށްފައިވާ)
  2. ބިމުގެ ބޮޑުމިން: 8000 އަކަފޫޓް
  3. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 5 ބިން
  4. ބިމުގެ ބާވަތް: ވަގުތީ
  5. ބިމުގައި ކުރެވޭނެ މަސައްކަތް: ހަމައެކަނި ކުކުޅާއި ބަކަށި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތް
  • ބިން ދޫކުރާ މުއްދަތު: 5 އަހަރު
  • ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
  1. ބިމުގެ ކުލި: %70 – (އެންމެ ކުޑަ އަގަކަށް ހުށައެޅޭނީ އަކަފޫޓަކަށް 0.60 ލާރިއެވެ.)
  2. މުއްދަތު: %20 – ( އެންމެ ގިނަ ޕޮއިންޓް ލިބޭނީ ދިގު މުއްދަތެއް ހުށައަޅާ ފަރާތަކަށެވެ.)
  3. މާލީ ޤާބިލްކަން: ( މާލީ ޤާބިލްކަމަށް ބެލެވޭނީ ވޭތުވެތިޔަ 3 މަސް ދުވަހު 20000.00 ރުފިޔާއަށް ބޭންކް އެކައުންޓްގައި ހުރުމުންނެވެ.)

                             ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:15 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

                    މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.

        21 ޝައްވާލް 1444

        11 މޭ 2023

11 މޭ 2023