ފެކަލްޓީ އޮފް އާޓްސް
ދިވެހިރާއްޖެ
ރިސާޗް އެސިސްޓެންޓަކު ހޯދުން

އިޢުލާން

ރިސާޗް އެސިސްޓެންޓަކު ހޯދުން:

ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރއިން، ބަހާއި ޘަޤާފަތުގެ ދާއިރާއިން ހަދަމުންގެންދާ ރިސާޗުގައި މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.

މުސާރަ:

މަހަކު -/7000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ޝަރުޠު:

- ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން)

- އެސް.ޕީ.އެސް.އެސްއަށް އަހުލުވެރިވެފައިވާ، މިފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރާންޖެހޭ މަސައްކަތް:

- ރިސާޗްގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސި ބަހުންނާއި ދިވެހިބަހުން)

- ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ މުއްދަތު:

1 ފެބުރުވަރީ 2015 ން 30 އެޕްރީލް 2015 ށް (3 މަސްދުވަސް)

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 6 ގަޑިއިރު

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

- ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު.

 

 އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3345180 ނުވަތަ 7993093 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުން އެދެމެވެ.

1 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015
ހޯދާ