ދިވެހިރާއްޖެ
އިޢުލާން
ރިސާޗް އެސިސްޓެންޓަކު ހޯދުން:
ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރއިން، ބަހާއި ޘަޤާފަތުގެ ދާއިރާއިން ހަދަމުންގެންދާ ރިސާޗުގައި މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.
މުސާރަ: |
މަހަކު -/7000 ރުފިޔާ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ޝަރުޠު: |
- ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން) - އެސް.ޕީ.އެސް.އެސްއަށް އަހުލުވެރިވެފައިވާ، މިފަދަ މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ކުރާންޖެހޭ މަސައްކަތް: |
- ރިސާޗްގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސި ބަހުންނާއި ދިވެހިބަހުން) - ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން. |
މަސައްކަތް ކުރަންޖެހޭ މުއްދަތު: |
1 ފެބުރުވަރީ 2015 ން 30 އެޕްރީލް 2015 ށް (3 މަސްދުވަސް) |
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ދުވާލަކު 6 ގަޑިއިރު |
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) - މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު) - މަސައްކަތުގެ ތަޖުރިބާގެ ލިޔުން. - ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3345180 ނުވަތަ 7993093 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. |
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުން އެދެމެވެ.
1 ރަބީޢުލްއާޚިރު 1436