ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް 250 މޭޒު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓަށް 250 މޭޒު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

  1. މި ޑިޕާޓްމަންޓުގެ އިމްތިހާނުތަކަށް މޭޒު ގަންނަން ބޭނުންވެއްޖެއެވެ. މި ޑިޕާޓްމަންޓަށް 250 މޭޒު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)120-D/1/2023/25 (02 އޭޕްރިލް 2023) ޢިއުލާނާ ގުޅިގެން ހުށައަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްކަމަށް ނުފެންނާތީއާއި އަދި އޭގެ ފަހުން އެ މަސައްކަތަށް ކުރެވުނު ނަންބަރު: (IUL)120-D/1/2023/31 (08 މެއި 2023) އިއުލާނުގައި ހިމަނަންޖެހޭ މުހިންމު މަޢުލޫމާތެއް ހިމެނިފައި ނުވާތީ އެ 2 ޢިއުލާނުވެސް ބާޠިލްކޮށް އަލުން އެމަސައްކަތަށް އިޢުލާނު ކުރަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން އޮންނާނީ 16 މެއި 2023ވާ އަންގާރަ ދުވަހުގެ 10:00 ގައި ހ. އަޝްރަފީވިލާ 2 ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައެވެ.   
  4. ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 މެއި 2023 ވާ ބުދަ ދުވަހުގެ ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7533006 /4003966 އިން ލިބިވަޑައިގަންނަވާނެއެވެ.

 

                      19 ޝައްވާލް 1443

                       09 މެއި 2023

09 މޭ 2023
ހޯދާ