ބީލަން
ނަންބަރު: (IUL)120-D/1/2022/35
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި:
17 މޭ 2023 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް 250 މޭޒު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި ޑިޕާޓްމަންޓަށް 250 މޭޒު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
- މި ޑިޕާޓްމަންޓުގެ އިމްތިހާނުތަކަށް މޭޒު ގަންނަން ބޭނުންވެއްޖެއެވެ. މި ޑިޕާޓްމަންޓަށް 250 މޭޒު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)120-D/1/2023/25 (02 އޭޕްރިލް 2023) ޢިއުލާނާ ގުޅިގެން ހުށައަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްކަމަށް ނުފެންނާތީއާއި އަދި އޭގެ ފަހުން އެ މަސައްކަތަށް ކުރެވުނު ނަންބަރު: (IUL)120-D/1/2023/31 (08 މެއި 2023) އިއުލާނުގައި ހިމަނަންޖެހޭ މުހިންމު މަޢުލޫމާތެއް ހިމެނިފައި ނުވާތީ އެ 2 ޢިއުލާނުވެސް ބާޠިލްކޮށް އަލުން އެމަސައްކަތަށް އިޢުލާނު ކުރަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން އޮންނާނީ 16 މެއި 2023ވާ އަންގާރަ ދުވަހުގެ 10:00 ގައި ހ. އަޝްރަފީވިލާ 2 ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައެވެ.
- ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 މެއި 2023 ވާ ބުދަ ދުވަހުގެ ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7533006 /4003966 އިން ލިބިވަޑައިގަންނަވާނެއެވެ.
19 ޝައްވާލް 1443
09 މެއި 2023
09 މޭ 2023