ދިވެހިރާއްޖެ
ރަޖިސްޓަރީ ނަންބަރު A0A3164GN125E މޮޓޯސައިކަލް ވިއްކާލުމަށް
މިއިދާރާގައި ބޭނުންކުރަމުން ދިޔަ ރަޖިސްޓަރީ ނަންބަރު: A0A3164 GN125E މޮޓޯ ސައިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، މި ސައިކަލް ގަތުމަށް ބޭނުންވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާގެ ނޯޓިސް ބޯޑުގައި ކޮންމެ ދުވަހެއްގެ 11:00 ގެ ފަހުން ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން ބަންދު ނޫން 03 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ އަގަކީ -/30،000 ރުފިޔާއެވެ. އަދި ނީލަމުގައި އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/1000 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6841032، 9996805، 9991574 ފޯނާއެވެ. ފެކްސް ނަންބަރަކީ 6841001 އެވެ. އަދި އީ.މެއިލް އެޑްރެހަކީ [email protected] އެވެ. މިސައިކަލު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ފެށިގެން 15:00އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުމުން ފެންނަގޮތަށް އިންތިޒާމުވަނީ ހަމަޖެހިފައެވެ.
ސައިކަލުގެ މަޢުލޫމާތު
މޮޑެލް ނަންބަރު: GN125E
ޗެސިސް ނަންބަރު: NF41A-141876
އިންޖީނު/މޯޓަރ އުފެއްދި ކުންފުނި: SUZUKI
އިންޖީނު/މޯޓަރ ސީރިއަލް ނަންބަރު: F401-150071
އިންޖީނު/މޯޓަރ ކެޕޭސިޓީ: 124.000
24 ރަބީޢުލްއައްވަލް 1436