ނީލަން
ނަންބަރު: (IUL)242/242/2015/1
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:06
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޮޓޯސައިކަލް ވިއްކާލުމަށް

ރަޖިސްޓަރީ ނަންބަރު A0A3164GN125E މޮޓޯސައިކަލް ވިއްކާލުމަށް

މިއިދާރާގައި ބޭނުންކުރަމުން ދިޔަ ރަޖިސްޓަރީ ނަންބަރު: A0A3164 GN125E މޮޓޯ ސައިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މި ސައިކަލް ގަތުމަށް ބޭނުންވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާގެ ނޯޓިސް ބޯޑުގައި ކޮންމެ ދުވަހެއްގެ 11:00 ގެ ފަހުން ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން ބަންދު ނޫން 03 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ އަގަކީ -/30،000 ރުފިޔާއެވެ. އަދި ނީލަމުގައި އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/1000 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6841032، 9996805، 9991574 ފޯނާއެވެ. ފެކްސް ނަންބަރަކީ 6841001 އެވެ. އަދި އީ.މެއިލް އެޑްރެހަކީ [email protected] އެވެ. މިސައިކަލު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ފެށިގެން 15:00އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުމުން ފެންނަގޮތަށް އިންތިޒާމުވަނީ ހަމަޖެހިފައެވެ.

ސައިކަލުގެ މަޢުލޫމާތު

މޮޑެލް ނަންބަރު: GN125E                             

ޗެސިސް ނަންބަރު: NF41A-141876                

އިންޖީނު/މޯޓަރ އުފެއްދި ކުންފުނި: SUZUKI

އިންޖީނު/މޯޓަރ ސީރިއަލް ނަންބަރު: F401-150071

އިންޖީނު/މޯޓަރ ކެޕޭސިޓީ: 124.000

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015