ދިވެހިރާއްޖެ
ފ.ބިލެތްދޫ "ހިޔާވަހި"ގެ މަރާމާތު ކުރުން
މި އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް ފ.ބިލެތްދޫ 'ހިޔާވަހި'ގޭގައި ތިރީގައި މިދަންނަވާ މަރާމާތުތައް، އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- އިމާރާތުގައި ކުލައާއި ދަވާދުލުން
- ވަށާ ފާރުގައި ކުލަލުން
- އެނާޖީ ލައިޓް ހަރުކުރުން
- އިމާރާތާއި އިންފާރުގައިވާ ރެނދުތައް ބެއްދުން
- ފާޚާނާ މަރާމާތުކުރުން
- ފެންތާނގީ ހިޔާކުރުން
- ވައިގޮޅިތަކުގައި ދަގަނޑު ޑްރިލް ހަރުކުރުން
- ފުރާޅުން ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުން
- ބަދިގޭގެ ކަބަޑު މަރާމާތުކުރުން
- ފަންކާގެ ޑިމަރު ބަދަލުކުރުން
- ދިޔަދޮވިތަކުގައި ފެންވައިރުކުރުން
- އިންފާރުގެ ގޭޓް ނަގައި ބެއްދުން
- ދޮރުފޮތި ބަދަލުކުރުން
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން 26 ޖަނަވަރީ 2015ވާ ހޯމަ ދުވަހުގެ 14:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 02 ފެބުރުވަރީ 2015ވާ ހޯމަ ދުވަހުގެ 14:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް
- މަސައްކަތުގެ އަގަށް %60
- މަސައްކަތުގެ މުއްދަތަށް %20
- މަސައްކަތުގެ ތަޖުރިބާ % 10 (ހުށަހަޅާ ލިޔުންތަކަށް ބަލައި)
- މާލީގޮތުން ތަނަވަސްކަންހުރި މިންވަރަށް %5 (ހުށަހަޅާ ލިޔުންތަކަށް ބަލައި)
- ފަންނީގޮތުން ޤާބިލުކަންހުރި މިންވަރަށް %5 (ހުށަހަޅާ ލިޔުންތަކަށް ބަލައި)
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ބަންދުނޫން ދުވަސްތަކުގެ 9:00ން 14:00އަށް މިއިދާރާގެ ނަންބަރު 6740013 އަށް ގުޅުއްވުން އެދެމެވެ.