މަސައްކަތް
ނަންބަރު: 371-B2/2015/01
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 26 ޖަނަވަރީ 2015 14:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ 'ހިޔާވަހި'ގެ މަރާމާތު ކުރުން

ފ.ބިލެތްދޫ "ހިޔާވަހި"ގެ މަރާމާތު ކުރުން

މި އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް ފ.ބިލެތްދޫ 'ހިޔާވަހި'ގޭގައި ތިރީގައި މިދަންނަވާ މަރާމާތުތައް، އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • އިމާރާތުގައި ކުލައާއި ދަވާދުލުން
  • ވަށާ ފާރުގައި ކުލަލުން
  • އެނާޖީ ލައިޓް ހަރުކުރުން
  • އިމާރާތާއި އިންފާރުގައިވާ ރެނދުތައް ބެއްދުން
  • ފާޚާނާ މަރާމާތުކުރުން
  • ފެންތާނގީ ހިޔާކުރުން
  • ވައިގޮޅިތަކުގައި ދަގަނޑު ޑްރިލް ހަރުކުރުން
  • ފުރާޅުން ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުން
  • ބަދިގޭގެ ކަބަޑު މަރާމާތުކުރުން
  • ފަންކާގެ ޑިމަރު ބަދަލުކުރުން
  • ދިޔަދޮވިތަކުގައި ފެންވައިރުކުރުން
  • އިންފާރުގެ ގޭޓް ނަގައި ބެއްދުން
  • ދޮރުފޮތި ބަދަލުކުރުން

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން 26 ޖަނަވަރީ 2015ވާ ހޯމަ ދުވަހުގެ 14:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 02 ފެބުރުވަރީ 2015ވާ ހޯމަ ދުވަހުގެ 14:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

- މަސައްކަތުގެ އަގަށް              %60

- މަސައްކަތުގެ މުއްދަތަށް            %20

- މަސައްކަތުގެ ތަޖުރިބާ             % 10 (ހުށަހަޅާ ލިޔުންތަކަށް ބަލައި)

- މާލީގޮތުން ތަނަވަސްކަންހުރި މިންވަރަށް   %5  (ހުށަހަޅާ ލިޔުންތަކަށް ބަލައި)

- ފަންނީގޮތުން ޤާބިލުކަންހުރި މިންވަރަށް   %5  (ހުށަހަޅާ ލިޔުންތަކަށް ބަލައި)

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ބަންދުނޫން ދުވަސްތަކުގެ 9:00ން 14:00އަށް މިއިދާރާގެ ނަންބަރު 6740013 އަށް ގުޅުއްވުން އެދެމެވެ.

13 ޖަނަވަރީ 2015