ދިވެހިރާއްޖެ
ފޮޅާސާފުކުރާނެ މީހަކު ބޭނުންވެއްޖެ |
މި އޮތޯރިޓީގެ މީރާ ކުޅުދުއްފުށި ބްރާންޗް އޮފީސް ފޮޅައި ސާފުކުރާނެ މީހަކު ހޯދަން ބޭނުންވެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: |
މީރާ ކުޅުދުއްފުށި ބްރާންޗް އޮފީސް / ހދ. ކުޅުދުއްފުށި |
އަގު: |
މަހަކު -/2,000 ރުފިޔާ |
މަސައްކަތުގެ ގަޑި: |
ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 8:00 އިން 12:00 އަށް |
މަސައްކަތުގެ ބާވަތް: |
ވަގުތީ (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް) |
މަސައްކަތުގެ ތަފުސީލު: |
އޮފީސްތެރެ ސާފުކޮށް ބެލެހެއްޓުމާއި، މިނޫންވެސް އޮފީހުގައި ކުރެވޭ ކަންތައްތަކުގައި އެހީތެރިވެދިނުން. |
ޝަރުޠު: - އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން |
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
ސިޓީއާއެކު ހުށަހަޅަންވީ ތަކެތި:
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މިކަމަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)).
ކުޅުދުއްފުށިގައި ނަމަ:
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުޅުދުއްފުށި ބްރާންޗް އޮފީސް، ހދ. ކުޅުދުއްފުށި
މާލޭގައި ނަމަ:
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415، ފެކްސް: 3316577
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
21 ރަބީޢުލްއައްވަލް 1436