ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HRMS/1/2015/3
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 20 ޖަނަވަރީ 2015 15:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ފޮޅާސާފުކުރާނެ މީހަކު ބޭނުންވެއްޖެ

 

މި އޮތޯރިޓީގެ މީރާ ކުޅުދުއްފުށި ބްރާންޗް އޮފީސް ފޮޅައި ސާފުކުރާނެ މީހަކު ހޯދަން ބޭނުންވެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މީރާ ކުޅުދުއްފުށި ބްރާންޗް އޮފީސް / ހދ. ކުޅުދުއްފުށި

އަގު:

މަހަކު -/2,000 ރުފިޔާ

މަސައްކަތުގެ ގަޑި:

ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 8:00 އިން 12:00 އަށް

މަސައްކަތުގެ ބާވަތް:

ވަގުތީ (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

މަސައްކަތުގެ ތަފުސީލު:

އޮފީސްތެރެ ސާފުކޮށް ބެލެހެއްޓުމާއި، މިނޫންވެސް އޮފީހުގައި ކުރެވޭ ކަންތައްތަކުގައި އެހީތެރިވެދިނުން.

ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ސިޓީއާއެކު ހުށަހަޅަންވީ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. މިކަމަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)).
ސުންގަޑި: 20 ޖަނަވަރީ 2015 ގެ  15:00 އަށް

ކުޅުދުއްފުށިގައި ނަމަ:

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ކުޅުދުއްފުށި ބްރާންޗް އޮފީސް، ހދ. ކުޅުދުއްފުށި

މާލޭގައި ނަމަ:

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

21 ރަބީޢުލްއައްވަލް 1436 

12 ޖަނަވަރީ 2015