މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް 2000 އަކަފޫޓުގެ 4 ކުލީބިމެއް ދޫކުރުމަށް ހުޅުވާލުން
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު – އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް 2000 އަކަފޫޓުގެ 4ކުލީބިމެއް ދޫކުރުމަށް ހުޅުވާލުން
- އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް 2000 އަކަފޫޓުގެ 4 ކުލީބިމެއް ދޫކުރުމަށް ހުޅުވާލަމެވެ.
- ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު:
- Ø ބިމުގެ ބޮޑުމިން : 40x50 ފޫޓް (2000 އަކަފޫޓް) 4 ބިން
- Ø ބިމު ކުލި: މަހަކު އަކަފޫޓަކަށް 0.25ރ (ފަންސަވީސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އޭ 2023 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 10 މެއި 2023 ވާ ބުދަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 15 މެއި 2023 ވާ ހޯމަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- ބިން ލިބޭފަރާތް ކަނޑައަޅާނީ މި ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ނަންބަރު: (PP)309-ESM/309/2023/2 (11 އެޕްރީލް 2023) އުޞޫލުގައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅި 4 ފަރާތަށެވެ. އަދި ބިން 1 ލިބޭނީ އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 2 ލިބޭނީ 2 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 3 ލިބޭނީ 3 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އަދި ބިން 4 ލިބޭނީ 4 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށެވެ. އަދި ހުށަހެޅި އަގުތައް އެއްވަރު ވެއްޖެނަމަ ބިން ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
- ބިން އޮތް ސަރަހައްދު:
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 އޭޕްރިލް 2023
ހޯދާ