ކުއްޔަށް ދިނުން
ނަންބަރު: (IUL)309-ESM/309/2023/57
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 04 މޭ 2023 13:30
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް 2000 އަކަފޫޓުގެ 4 ކުލީބިމެއް ދޫކުރުމަށް ހުޅުވާލުން

އިޢުލާން

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު –  އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް 2000 އަކަފޫޓުގެ  4ކުލީބިމެއް ދޫކުރުމަށް ހުޅުވާލުން

 

  1. އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް 2000 އަކަފޫޓުގެ 4 ކުލީބިމެއް ދޫކުރުމަށް ހުޅުވާލަމެވެ.
  2. ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު:
  • Ø      ބިމުގެ ބޮޑުމިން : 40x50 ފޫޓް (2000 އަކަފޫޓް)   4 ބިން
  • Ø      ބިމު ކުލި: މަހަކު އަކަފޫޓަކަށް 0.25ރ (ފަންސަވީސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
  2. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އޭ 2023 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  3. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 10 މެއި 2023 ވާ ބުދަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 15 މެއި 2023 ވާ ހޯމަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5. ބިން ލިބޭފަރާތް ކަނޑައަޅާނީ މި ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ނަންބަރު: (PP)309-ESM/309/2023/2 (11 އެޕްރީލް 2023) އުޞޫލުގައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅި 4 ފަރާތަށެވެ. އަދި ބިން 1 ލިބޭނީ އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 2 ލިބޭނީ 2 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 3 ލިބޭނީ 3 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އަދި ބިން 4 ލިބޭނީ 4 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށެވެ. އަދި ހުށަހެޅި އަގުތައް އެއްވަރު ވެއްޖެނަމަ ބިން ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

 

  1. ބިން އޮތް ސަރަހައްދު:

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޭޕްރިލް 2023