ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ޕްރޮޑަކްޝަން އޮފިސަރ |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 1 |
އަސާސީ މުސާރަ: |
މަހަކު -/5500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2200/-ރ - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 8-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ކޯޕަރޭޝަންގެ ޕޮލިސީއާއި އެއްގޮތަށް ޕްރޮޑަކްޝަންގެ އެންމެހައި މަސައްކަތްތައް މެނޭޖަރގެ މަޝްވަރާމަތިން، ރޭވިފައިވާގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުން. - ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޕްރޮޑަކްޝަން ޑިޕާޓްމަންޓާއި އެހެނިހެން ޑިޕާޓްމަންޓްތަކުން ކުރާ އެންމެހައި ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދިނުން. - ކޮންމެ މަސައްކަތުދުވަހެއްގައި ވެސް ޕްރޮޑަކްޝަންގެ ބެލުމުގެ ދަށުން ކުރެވޭ އެންމެހައި މަސައްކަތްތައް ފަށަން ކަނޑައަޅާފައިވާ ގަޑިތަކުގައި ފެށިފައިވޭތޯ އާއި، ސައިޓުތަކުގައި މަސައްކަތަށް ނިކުތް ސުޕަވައިޒަރުންގެ ޙާޒިރީ ކަށަވަރުކުރުން. - ޕްރޮޖެކްޓްތަކަށް ތައްޔާރުކުރެވޭ ޕްރީކާސްޓް އައިޓަމްތައް ކަނޑައެޅިފައިވާ ތާރީޚުތަކުގައި ނިންމުން. - ޕްރޮޑަކްޝަން ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން ބޭނުންކުރާ އެއްވެސް މެޝިނެރީއަކަށް ނުވަތަ ވެހިކަލަކަށް މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފިނަމަ އެކަމަށް ވަގުތުން އެޓެންޑްވެ ވެރިންނަށް އަންގައި އެކަމެއް ހައްލުކުރުން. - މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް މެނޭޖަރަށް ރިޕޯޓްކޮށް އެކަމެއްގެ ޙައްލު ހޯދުމަށް މަސައްކަތްކުރުން. - ކޯޕަރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގައާއި އިވެންޓްތަކުގައި ބައިވެރިވުން. - މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން. - ޕްރޮޑަކްޝަންގެ ޑެއިލީ އަޕްޑޭޓްސް ދުވަހުން ދުވަހަށް އަޕްޑޭޓްކުރޭތޯ ބަލައި ރެކޯޑް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން. - ޕްރޮޑަކްޝަން އާއި ގުޅޭ އެންމެހައި ރިޕޯޓްތައް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ތައްޔާރުކުރުމާއި ޑިޕާޓްމަންޓްގެ މީޓިންގ މިނިޓްސް ތައްޔާރުކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން. - ޕްރޮޑަކްޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުސް ބޭނުންވާ އެންމެހާ ކަންކަން ހޯދައި އެކަންކަން މެނޭޖަރަށް ހުށައަޅައި ތަންފީޒުކުރުމުގެ މަސައްކަތްކުރުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 19 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް/މޭއި މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
21 ރަމަޟާން 1444