ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-100
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 19 އޭޕްރިލް 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ޕްރޮޑަކްޝަން އޮފިސަރ

 ބޭނުންވާ ޢަދަދު:

 1 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/5500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: 2200/-ރ

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 8-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 - ކޯޕަރޭޝަންގެ ޕޮލިސީއާއި އެއްގޮތަށް ޕްރޮޑަކްޝަންގެ އެންމެހައި މަސައްކަތްތައް މެނޭޖަރގެ މަޝްވަރާމަތިން، ރޭވިފައިވާގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުން.

 - ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޕްރޮޑަކްޝަން ޑިޕާޓްމަންޓާއި އެހެނިހެން ޑިޕާޓްމަންޓްތަކުން ކުރާ އެންމެހައި ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދިނުން.

 - ކޮންމެ މަސައްކަތުދުވަހެއްގައި ވެސް ޕްރޮޑަކްޝަންގެ ބެލުމުގެ ދަށުން ކުރެވޭ އެންމެހައި މަސައްކަތްތައް ފަށަން ކަނޑައަޅާފައިވާ ގަޑިތަކުގައި ފެށިފައިވޭތޯ އާއި، ސައިޓުތަކުގައި މަސައްކަތަށް ނިކުތް ސުޕަވައިޒަރުންގެ ޙާޒިރީ ކަށަވަރުކުރުން.

 - ޕްރޮޖެކްޓްތަކަށް ތައްޔާރުކުރެވޭ ޕްރީކާސްޓް އައިޓަމްތައް ކަނޑައެޅިފައިވާ ތާރީޚުތަކުގައި ނިންމުން.

 - ޕްރޮޑަކްޝަން ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން ބޭނުންކުރާ އެއްވެސް މެޝިނެރީއަކަށް ނުވަތަ ވެހިކަލަކަށް މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފިނަމަ އެކަމަށް ވަގުތުން އެޓެންޑްވެ ވެރިންނަށް އަންގައި އެކަމެއް ހައްލުކުރުން.

 - މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް މެނޭޖަރަށް ރިޕޯޓްކޮށް އެކަމެއްގެ ޙައްލު ހޯދުމަށް މަސައްކަތްކުރުން.

 - ކޯޕަރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގައާއި އިވެންޓްތަކުގައި ބައިވެރިވުން.

 - މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

 - ޕްރޮޑަކްޝަންގެ ޑެއިލީ އަޕްޑޭޓްސް ދުވަހުން ދުވަހަށް އަޕްޑޭޓްކުރޭތޯ ބަލައި ރެކޯޑް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

 - ޕްރޮޑަކްޝަން އާއި ގުޅޭ އެންމެހައި ރިޕޯޓްތައް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ތައްޔާރުކުރުމާއި ޑިޕާޓްމަންޓްގެ މީޓިންގ މިނިޓްސް ތައްޔާރުކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން.

 - ޕްރޮޑަކްޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުސް ބޭނުންވާ އެންމެހާ ކަންކަން ހޯދައި އެކަންކަން މެނޭޖަރަށް ހުށައަޅައި ތަންފީޒުކުރުމުގެ މަސައްކަތްކުރުން.

 ސުންގަޑި:

 - މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 19 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 އިންޓަވިއު:

 މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް/މޭއި މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

  21 ރަމަޟާން 1444

 

 

12 އޭޕްރިލް 2023