މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

އިޢުލާން

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު – ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

 

  1. ތެލުގެ ވިޔަފާރި ކުރުމަށް ކުލީ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
  2. ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މައުލޫމާތު:
  • Ø      ބިމުގެ އަދަދު: 4 (ހަތަރެއް)
  • Ø      ބިމުގެ ބޮޑުމިން: 25X50 ފޫޓް (1250 އަކަފޫޓް)
  • Ø      ބިން ދޫކުރާ މުއްދަތު: 30 (ތިރީސް) އަހަރު ދުވަސް
  • Ø      ބިމު ކުލި: އަކަފޫޓަކަށް: 1.00ރ (އެއް ރުފިޔާ) އަށްވުރެ ކުޑަނޫން އަދަދަކަށް.
  • Ø      ސެކިއުރިޓީ ޑިޕޮސިޓް: 3 މަހުގެ ކުއްޔާށްވާ ފައިސާ
  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
  2. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 02 މޭ 2023 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  3. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 04 މޭ 2023 ވާ ބުދަ ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 11 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5. ބިން ލިބޭފަރާތް ކަނޑައަޅާނީ މި ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ނަންބަރު: (PP)309-ESM/309/2023/1 (04 ޖަނަވަރީ 2023) އުޞޫލުގައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅި 4 ފަރާތަށެވެ. އަދި ބިން 1 ލިބޭނީ އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 2 ލިބޭނީ 2 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 3 ލިބޭނީ 3 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އަދި ބިން 4 ލިބޭނީ 4 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށެވެ. އަދި ހުށަހެޅި އަގުތައް އެއްވަރު ވެއްޖެނަމަ ބިން ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
  6. ތެލުގެ ވިޔާފާރި އަށް ދޫކުރެވޭ ބިންތަކުން 3 މަސްދުވަހުގެ ކުއްޔަށްވާ ފައިސާ  ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އިނގުރައިދޫ ކައުންސިލްގެ އިދާރާ އަށް ދައްކަންވާނެއެވެ.
  7. ކުލީ ބިންތައް ހިމެނޭ ޗާޓް:

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

11 އޭޕްރިލް 2023
ހޯދާ