ކުއްޔަށް ދިނުން
ނަންބަރު: (IUL)309-ESM/309/2023/76
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި:
27 އޭޕްރިލް 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން
- ތެލުގެ ވިޔަފާރި ކުރުމަށް ކުލީ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މައުލޫމާތު:
- Ø ބިމުގެ އަދަދު: 4 (ހަތަރެއް)
- Ø ބިމުގެ ބޮޑުމިން: 25X50 ފޫޓް (1250 އަކަފޫޓް)
- Ø ބިން ދޫކުރާ މުއްދަތު: 30 (ތިރީސް) އަހަރު ދުވަސް
- Ø ބިމު ކުލި: އަކަފޫޓަކަށް: 1.00ރ (އެއް ރުފިޔާ) އަށްވުރެ ކުޑަނޫން އަދަދަކަށް.
- Ø ސެކިއުރިޓީ ޑިޕޮސިޓް: 3 މަހުގެ ކުއްޔާށްވާ ފައިސާ
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 02 މޭ 2023 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 04 މޭ 2023 ވާ ބުދަ ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 11 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- ބިން ލިބޭފަރާތް ކަނޑައަޅާނީ މި ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ނަންބަރު: (PP)309-ESM/309/2023/1 (04 ޖަނަވަރީ 2023) އުޞޫލުގައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅި 4 ފަރާތަށެވެ. އަދި ބިން 1 ލިބޭނީ އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 2 ލިބޭނީ 2 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ބިން 3 ލިބޭނީ 3 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އަދި ބިން 4 ލިބޭނީ 4 ވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށެވެ. އަދި ހުށަހެޅި އަގުތައް އެއްވަރު ވެއްޖެނަމަ ބިން ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
- ތެލުގެ ވިޔާފާރި އަށް ދޫކުރެވޭ ބިންތަކުން 3 މަސްދުވަހުގެ ކުއްޔަށްވާ ފައިސާ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އިނގުރައިދޫ ކައުންސިލްގެ އިދާރާ އަށް ދައްކަންވާނެއެވެ.
- ކުލީ ބިންތައް ހިމެނޭ ޗާޓް:
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
11 އޭޕްރިލް 2023