މަޤާމުގެ ޝަރުޠުތައް:
|
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ ފައިސާއާބެހޭ ލިއުންތަކާއި ފޮތްތައް ބެލެހެއްޓުން.
- މާލެއަތޮޅު މާފުށި ކައުންސިލުގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.
- މި އިދާރާއަށް ހޯދަންޖެހޭ ޚިދުމަތްތަކާއި ތަކެތި ހޯދުމަށްޓަކައި ހަދަންޖެހޭ އެންމެހައި ލިޔެކިއުންތައް ތައްޔާރުކުރުން.
- މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ ފަރާތުން ކުރުވާ އެންމެހައި މަސައްކަތްތަކުގެ ކަންކަން، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކޮށް ބެލެހެއްޓުން.
- މި އިދާރާއަށް ހުށަހެޅޭ ވިޔަފާރިހުއްދައާއި އުވާލެވޭ ހުއްދަ ހަދައި، ރިޕޯޓް ތައްޔާރުކޮށް، ވިޔަފާރިކުރާ ތަންތަނުގެ ރަޖިސްތްރީ އަފްޑޭޓްކުރުމާއި ބެލެހެއްޓުން.
- މި އިދާރާގެ ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން/ ޗެކްރަޖިސްޓްރީ ބެލެހެއްޓުން.
- މީގެ އިތުރުންވެސް، ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- ލިބިފައިވާ ހުނަރު.
|
އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕުރެކްޓިކަލްސްއާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި، ފަހުން އެންގޭނެއެވެ.
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއަށެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.)
|
ނޯޓް: |
މި މަޤާމަށް މީހަކު ހޯދުމަށް، 3 ޖޫން 2014 ގައި މި އިދާރާއިން ކުރި ނަންބަރު IUL)337/2014/09) ގެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6640073 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. ފެކްސް ނަންބަރަކީ،6640073 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. |
20 ރަބީޢުލްއައްޥަލް 1436
|